މެޖިސްޓްރޭޓް ކޯޓުތަކުގެ މުއާމަލާތްތަކުގައި ބޭނުންކުރާނެ ވަކި ނަންބަރުތަކެއް ހަމަޖައްސައިފި
މެޖިސްޓްރޭޓް ކޯޓުތަކުގެ ރަސްމީ މުޢާމަލާތްތަކުގައި ބޭނުންކުރަން ވަކި ނަންބަރުތަކެއް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ދެންނެވުމެއްގައި ވަނީ ދައުލަތުގެ އިދާރާތަކުން މެޖިސްޓްރޭޓް ކޯޓުތަކަށް ލިޔާ ސިޓީތަކުގައި އެ ނަންބަރު ބޭނުންކުރަން ވަނީ އަންގާފައެވެ.
އެގޮތުން އެ ނަންބަރުތައް ތަރުތީބުކޮށްފައިވަނީ 504 އިން ފެށިގެން 690 އާއި ހަމައަށެވެ. އެއީ މުޅި ޖުމްލަ 187 މެޖިސްޓްރޭޓް ކޯޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް