އެކްސިޑެންޓެއްގެ މައްސަލައެއްގައި މީހަކު ހޯދަން އިއުލާންކޮށްފި
މަގުމަތީގައި ހިނގި އެކްސިޑެންޓަކާއި ގުޅިގެން ފުލުހުންގެ އިދާރާއަށް ހާޒިރުކުރަން ބޭނުންވާ މީހަކު ހޯދުމަށް އިއުލާންކޮށްފިއެވެ.
ފުލުހުންގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި ފުލުހުން ހޯދަމުން ދަނީ ކ.މާލެ / މއ.ހިންނަވަރުހުޅަނގުބައި ، މުޙައްމަދު ޝަރީފް (51އ) އެެވެ.
ޝަރީފް ހޯދަން ފުލުހުން އާއްމުންގެ އެހީތެރިކަމަށް އެދިފައި އޭނާ ފުލުހަށް ހާޒިރުވުމަށް އެތައް ފަހަރެއްގެ މަތިން އަންގައިގެން ވެސް ހާޒިރު ނުވުމުންނެވެ.
ފުލުހުން ވަނީ ޝަރީފުގެ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ޓްރެފިކް އިންވެސްޓިގޭޝަން ޔުނިޓްގެ ޑިއުޓީ ނަންބަރު 9660183އަށް ގުޅުއްވައި އެކަން ހިއްސާކޮށްދެއްވުމަށް އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް