ހަވަނަ ބުރީން ސިޑިގޮޅިއަށް މީހަކު ވެއްޓި އަނިޔާވެއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މާލޭގެ ގެއެއްގެ ހަވަނަ ބުރީން ސިޑިގޮޅިއަށް މީހަކު ވެއްޓި އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ މާފަންނުގައި ހުންނަ ގެއެއްގެ ހަވަނަ ބުރީން އެ ގޭގެ ސިޑިގޮޅިއަށް މީހަކު ވެއްޓިފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. އެ ރިޕޯޓް ލިބުނީ މިރޭ 6:29 ހާއިރު ކަމަށެވެ.
ވެއްޓިފައިވަނީ ބަންގްލަދޭޝްގެ ރައްޔިތަކެވެ. އެ މީހާއަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް