ވީއައިއޭގެ ފިއުލް ފާމްގެ ސްޓްރަކްޗަރ ނިމިއްޖެ
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް ހިންގާ މަޝްރޫއުގެ ތެރެއިން އެތަނުގައި ގާއިމްކުރަން ހަމަޖެހިފައިވާ ފިއުލްފާމްގެ ސްޓްރަކްޗަރގެ މަސައްކަތް ނިމިއްޖެއެވެ.
މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން އެމްއޭސީއެލްއިން ބުނީ ފިއުލް ފާމްގެ ސްޓްރަކްޗަރގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި އެތަނުގެ ހޮޅި އެޅުމާއި ހައިޑްރޯ ޓެސްޓިން އާއި ސެޓަލްމަންޓް ޓެސްޓުތައް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މީގެ އިތުރުން ފިއުލް ފާމްގެ ތިން ޓޭންކްގެ ބޭރުގައި ކުލަލުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މިއީ 45000 މެޓްރިކް ޓަނުގެ ކެޕޭސިޓީގެ ފިއުލް ފާމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް