ވިލިމާލޭ މޫދަށް އެރި އުޅުނު މީހަކު އޮޔާ ދަމައިގަނެއްޖެ!
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ވިލިމާލޭގައި މޫދަށް އެރި އުޅުނު މީހަކު އޮޔާ ދަމައިގަނެއްޖެއެވެ.
ފުލުހުން ބުނީ އޭނާ އޮޔާ ދަމައިގަތް ކަމުގެ ރިޕޯޓެއް މިއަދު 15:55 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށާ އެއީ ދިވެއްސެއް ކަމަށެވެ.
އަދި އެ މީހާ އެމްޓީސީސީ ފެރީއަކަށް ނަގާފައިވާ ކަމަށާ، އޭނާއަށް ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެންގޮސްފައިވާ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ، އެމީހާ ސްޓޭބަލްކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މަޢުލޫމާތު ދީފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް