ސަރުކާރުން ހިންގާ މައި ހޮސްޕިޓަލުގައި މީދާ!
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ލެބޯޓްރީގައި މީދަލެއް އުޅޭ ވީޑިޔޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެއެވެ.
އައިޖީއެމްއެޗުންވެސް ވަނީ އެކަން ކަށަވަރު ކޮށްދީފައެވެ. އެގޮތުން، އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ސީލިންގެ ތެރޭގައި މީދާ އުޅޭ ކަމަށް ބެލެވޭތީ، އެތަން މަރާމާތުކޮށްފައިވާ ކަމަށެވެ.
އައިޖީއެމްއެޗްގެ ލެބޯޓަރީ ތެރޭގައި މީދަލެއް އުޅޭ ވީޑިއޯ ވައިރަލް ވެފައިވާއިރު، އެ ވީޑިއޯ އިން ފެންނަނީ ލެބޯޓަރީގައި ލޭގެ ސާމްޕަލް ދިނުމަށް ވަންނަ ބޫތެއްގެ ޑަސްބިން ކައިރީގައި މީދާ އުޅޭ މަންޒަރެވެ.
IGMH laboratory therein meedhaleh fenna video eh aanmu vejje pic.twitter.com/k79qgUZupn
— Ashvaq (Vaguthu) (@Ashvarg) July 31, 2019
އައިޖީއެމްއެޗުން ބުނީ އެ މީދާ މިހާރު މަރާލާފައިވާ ކަމަށާއި، އެފަދަ އެހެން އެއްޗަކަށް ނާދެވޭނެ ގޮތަށް ސީލިންގު މިހާރު ބަންދުކޮށްފައިވާ ކަމަށެވެ.
ސަރުކާރުން ހިންގާ މައި ހޮސްޕިޓަލުން، އެހާ ގިނަ ބަލިތައް ޖައްސާ މީދަލެއް ފެނުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ. އަދި ސޯޝަލް މީޑިއާގައި ބައެއް މީހުން ދަނީ ހެލްތު މިނިސްޓަރުގެ އިސްތިއުފާއަށްވެސް ގޮވާލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް