ހަ މީހުން ދަތުރުކުރަމުންދިޔަ ޑިންގީއެއް ބަންޑުން ޖަހާލައި، އެކަކު ނިޔާވެއްޖެ
ހަ މީހުންނާއި އެކު ދަތުރުކުރަމުންދިޔަ ޑިންގީއެއް ބަންޑުން ޖަހާލައި، އެކަކު ނިޔާވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ ދ.ކުޑަހުވަދޫ ކަނޑުއޮޅިން ޑިންގީއެއް ބަންޑުން ޖަހާލައިގެން އުޅޭކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާއަށް ލިބިފައިވަނީ މިއަދު ހަވީރު 16:22 ގައެވެ. މި ހާދިސާގައި ބަންޑުން ޖަހާލި ޑިންގީގައި 6 މީހުން ތިބި ކަމުގެ މަޢުލޫމާތު ލިބިފައިވެއެވެ. އެއީ، 4 ބޭރު މީހުންނާއި 2 ދިވެހިންނެވެ.
މި ހާދިސާއާއި ގުޅިގެން ސިފައިން އެތަނަށް ދިޔައިރު އެ ޑީންގީގައި ތިބި 6 މީހުން، ރަށު ތެރެއިން ޖެޓްސްކީގައި އައި ބަޔަކު ވަނީ ސަލާމަތްކޮށްދީފައެވެ.
މިހާރު އެމީހުންނަށް ކުޑަހުވަދޫ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. ޑިންގީން ދަތުރުކުރި އެކަކު މި ހާދިސާގައި ނިޔާވެފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް