މަރަދޫ ބަނދަރުގެ ބޭރުތޮށި ހެދުމުގެ މަޝްރޫއު އިފްތިތާހުކޮށްފި
އައްޑޫ ސިޓީ މަރަދޫ، ބޭރު ތޮށި ހެދުމުގެ މަޝްރޫއު މިއަދު އިފްތިތާހުކޮށްދެއްވައިފިއެވެ.
އެމަޝްރޫއު އިފްތިތާހުކޮށްދެއްވީ، އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހެވެ. މި ރަސްމިއްޔާތުގައި އެމްޓީސީސީގެ އިސްވެރިންނާއި މަރަދޫގެ ރައްޔިތުން ބައިވެރިވިއެވެ.
ޕްލޭނިން މިނިސްޓްރީން އެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 28,247,365.48 ރުފިޔާއަށެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ މިއަހަރުގެ ޖޫން މަހުގެ 30 ގައެވެ.
މިމަޝްރޫއުގެ ދަށުން ބޭރު ތޮށީގެ ބަނދަރު ފަޅީގައި 276 މީޓަރަށް އެލް ބްލޮކް ޖައްސާ މޫދާއިވީ ފަރާތުން 340 މީޓަރަށް ބޮޑުހިލަ ޖެހުން ހިމެނެއެވެ.
އަދި އެއްގަމު ތޮށިން ބޭރު ތޮށްޓަށް އެރުމަށް 140 މީޓަރުގެ ފާލަމެއް އެޅުމާއި ބޭރުތޮށީގައި ގާ އެތުރުމުގެ އިތުރުން ބަނދަރު ބައްތި ޖެހުންވެސް ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް