ޕްރީސްކޫލް ކުއްޖަކަށް އަަދަބުދޭން އަތްވަށް ނެރުނު މައްސަލައެއް ބަލަނީ
ރާއްޖޭގެ ރަށެއްެގެ ޕްރީސްކޫލެއްގައި ކިޔަވަމުންދިޔަ ކުއްޖަކަށް އަދަބު ދިނުމުގެ ގޮތުން އެކުއްޖާ އަތްވަށް ނެރުނު މައްސަލައެއް ބަލަން ފަށައިފިއެވެ.
އުތުރުގެ ރަށެއްގައި ހިނގި މި ހާދިސާ ތަހުގީގުކުރަމުންދާކަން ޖެންޑާ މިނިސްޓްރީން ވަނީ މީޑިޔާތަކަށް ކަށަވަރުކޮށްދީފައެވެ.
މި ހާދިސާ ހިނގިގޮތް މީޑިޔާތަކަށް ކިޔައިދެމުން އެކުއްޖާގެ ބައްޕަ ބުނީ އޭނާގެ ފަސް އަހަރުގެ ދަރިފުުޅު 15މިނެޓް ވަންދެން އަތްވަށް ނެރެފައި ބެހެއްޓީ ކްލާސް ތެރޭގައި ސަކަރާތްޖަހާ ކަމަށްބުނެއެވެ.
އެލްކޭޖީގައި ކިޔަވާ އެ ކުއްޖާ ކްލާހުން ބޭރަށް ނެރުނީ އަތުގައި ހިފައިގެންކަމަށް ކުއްޖާގެ ބައްޕަ ވަނީ ބުނެފައެވެ.
އެ ޓީޗަރުގެ ފަރާތުން މީގެކުރިންވެސް މިފަދަ އަމަލުތައް ފެންނަކަމަށްވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް