މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓް: 17 އަހަރު ކުއްޖާ މަރުވެއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓް ގައި އަނިޔާވި އެކަކު މަރުވެއްޖެ އެވެ.
އެކްސިޑެންޓް ހިނގީ މާފަންނު ބަސް ޓާމިނަލް ކައިރީގަ އެވެ. އެކްސިޑެންޓްވީ ބާރު ސްޕީޑްގައި ދުއްވާފައި އައި ސައިކަލަކުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހިގެންނެވެ. ޕިކަޕެއްގައި ވެސް ޖެހުނެވެ.
އެ މީހާ ގައިގައި ޖެހުނީ ކަފިހި ހުރަހުން މަގު ހުރަސް ކުރަނިކޮށެވެ.
އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވި އެވެ. އެ މީހުންނަށް ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗް ގަ އެވެ. އޭގެ ތެރެއިން އެކަކު ވަނީ މަރުވެފަ އެވެ. އެއީ 17 އަހަރުގެ ކުއްޖެކެވެ. އަނެެއް ދެ މީހުންގެ ހާލު ވެސް ވަރަށް ދެރަ އެވެ.
އެއީ 16 އަހަރުގެ ކުއްޖަކާ 40 އަހަރުގެ މީހެކެވެ. 40 އަހަރުގެ މީހާ އަކީ ކަސްރަތަށް ނިކުމު އުޅެމުން މަގު ހުރަސްކުރި މީހާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް