ހުޅުމާލޭ ފޭސް 1 ގައި މިރޭ ހަވާ އަރުވަނީ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ހުޅުމާލެ ފޭސް 1ގައި މިރޭ ހަވާ އަރުވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ދިފާޢީ ބާރުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ، ފޭސް 1 ގެ ރިވެލި ބީޗުގައި މިރޭ 20:00ގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި މި ހަރަކާތް ކުރިއަށް ދާނީ 3 މިނެޓެއް ހާ އިރު ކަމަށެވެ.
މީގެ އިތުރުން އެމްއެންޑީއެފް އިން ބުނީ މިއީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ)އިން ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.
ރާއްޖޭގައި ހަވާ އަރުވަނީ ސިފައިންނެވެ. އެކި މުނާސަބަތުތަކާއި ގުޅިގެންނާއި ވިޔަފާރި އުސޫލުން ސިފައިން ހަވާ އަރުވައި ދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް