ކަނޑޫދޫގެ ބަނދަރުގައި ވަކި ޖެޓީއެއް ހަދަން އެމްޓީސީސީއަަށް ހަވާލުކޮށްފި
ތ. ކަނޑޫދޫ ބަނދަރުގައި ވަކި ޖެޓީއެއް ޤާއިމްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިއަދު އެމްޓީސީސީއާއެކު ސަރުކާރުން ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސަރުކާރުން ސޮއިކޮށްފައިވަނީ މިއަދު ތ. ކަނޑޫދޫގެ ރައްޔިތުންނާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބޭއްވެވި ބައްދަލުވުމުގެ ތެރެއިންނެވެ.
އެގޮތުން މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔާޑް) އަހްމަދު ސައުދީއެވެ.
7.5 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން ކަނޑޫދޫގެ ބަނދަރު ބޭރުތޮށްޓާއި އިންވެގެން 150 މީޓަރު ދިގުމިނުގެ އަދި 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހަދާނައެވެ.
މިއީ 150 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެމްޓީސީސީއަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް