N/A
N/A
ހަބަރު 24 Mar 2019 | 07:13

އެމްޑީޕީގެ ކެންޑިޑޭޓަކީ ނަޒާހަތްތެރި ކެނޑިޑޭޓެއް ނޫން - ދިއްދޫ ދާއިރާގެ ރައްޔިތުން

ދިއްދޫ ދާއިރާގެ ރައްޔިތުން، އެދާއިރާއިން މަޖިލީހަށް ކުރިމަތިލާ އެމްޑީޕީ ކެނޑިޑޭޓައި މެދު ހިތްހަމަ ނުޖެހޭ ކަމަށާއި، ބޭނުންވަނީ ނަޒާހަތްތެރި ކެނޑިޑޭޓެއް ކަމަށް އެ ރައްޔިތުން ބުނެފިއެވެ.

ދިއްދޫ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އަބްދުﷲ ވަހީދަކީ މީގެ ކުރިން ކޮރަޕްޝަންގެ މައްސަލަތަކެއްގައި ރެކޯޑްއޮތް މީހެއްކަމަށް ވަނީ ތުހުމަތުކުރެވިފައެވެ.

އެގޮތުން އޭނާ އަފަރ ނޯޓް ޔުޓްލިޓީސްގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވިއިރު އަމަލލުކޮށްފައިވަނީ ސަރުކާރާއި ސަރުކާރުން ބައިވެރިވާ ކުންފުނިތަކުގެ ބޯޑާއި ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރުންނަށް މުސާރަ ދިނުމަށް ކަނޑައަޅާފައިވާ އުސޫލާއި ޚިލާފަށް ކަމަށް އޭސީސީން ބުނެފައިވެއެވެ. އެ އުސޫލުގެ ދަށުން އަޕާނޯތު ޔުޓްލިޓީސް ގެ މެނޭޖިން ޑިރެކްޓަރަށް އިދާރީ އެލަވަންސްގެ ގޮތުގައި ކަނޑައަޅާފައިވަނީ ދިހަހާސް ފައްސަތޭކަ ރުފިޔާއެވެ. ނަމަވެސް އޭނާ މުސާރަ ނަގާފައިވަނީ ފިނޭންސް މިނިސްޓްރީގެ އުސޫލާއި ޚިލާފަށް ކަމަށްވެސް އޭސީސީން ބުނެފައިވެއެވެ.

އަދި ފިނޭންސް މިނިސްޓްރީގެ އުސޫލާއި އެއްގޮތަށް އަމަލުކުރުން އެކުންފުންޏަށް އެތައްފަހަރެއްގެ މަތިން އަންގާފައިވާކަން ފާހަގަކުރެވިފައިވާކަމަށް އޭސީސީން ބުނެފައިވެެއެވެ.

އެހެން ނަމަވެސް މެނޭޖިން ޑިރެކްޓަރަކަށް ވަހީދު ހުންނެވި ދުވަސްވަރު މުސާރައާއި އިނާޔަތުގެ ގޮތުގައި ފިނޭންސް މިނިސްޓްރީން ކަނޑައަޅާފައިވާ މުސާރައާއި އިނާޔަތްތަކަށްވުރެ އިތުރަށް 198083.33 ރުފިޔާ ނަގާފައިވާކަމަށް އޭސީސީން ބުނެފައިވެއެވެ.

އޭސީސީން ބުނީ އަޕަރ ނޯތު ޔުޓިލިޓީސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެ ކުންފުނީގެ ބޯޑުގެ މެމްބަރުންނަށް ވެސް ފިނޭންސުން ކަނޑައަޅާފައިވާ އިނާޔަތްތަކާއި މުސާރައަށް ވުރެ އިތުރަށް ފައިސާ ދީފައިވާކަމަށް އޭސީސީގެ ތަހުގީގަށް ފާހަގަކުރެވިފައިވާކަމަށެވެ.

އެކަމާއި ގުޅިގެން ވޮއިސްއަށް މައުލޫމާތު ދެއްވަމުން ދިއްދޫ ދާއިރާގެ ރައްޔިތުން ވިދާޅުވެފައިވަނީ ދާއިރާ ތަމްސީލުކުރުމަށް އެމީހުން ބޭނުންވަނީ ނަޒާހަތްތެރި ކޮރަޕްޝަންގެ އަމަލެއް ކޮށްފައި ނުވާ ރައްޔިތުން ދެކެ ލޯބިވާ މީހެއް ކަމަށެވެ. އަދި ވަހީދަކީ މީގެ ކުރިންވެސް

ކޮރަޕްޝަންގެ މައްސަލަތައް އޮތް މީހަކަށް ވުމުން އޭނާ މަޖިލީހަށް ހޮވައިފިނަމަ މިހާރުވެސް ކޮރަޕްޝަންގެ ހާއްޔަކަށް ވެފައިވާ މަޖިލިސް ތެރެއިން ކޮރަޕްޝަންގެ އަމަލުތައް އިތުރަށް ހިންގުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. ކޮރަޕްޝަންގެ އަމަލެއް ހިނގާފައިވާ ނަމަ އެކަން ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަމާލުކަމަށް ގެންނަން އެމަނިކުފާނު ވިދާޅުވެފައި ވުމުގެ ސަބަބުން އެމްޑީޕޕީގެ ފަރާތުން ދިއްދޫދާއިރާ އަށް ކުރިމަތިލާފައިވާ ވަހީދުގެ މައްސަލަ ރައީސް ސާލިހުގެ ސަމާލުކަން ގެންނަން ބޭނުންވާ ކަމަށްވެސް އެ ރައްޔިތުން ބުނެފައިވެއެވެ. އަދި ވީހާވެސް އަވަހަކަށް އޭނާގެ މައްސަލަ ބަލައި، އެމްޑީޕީގެ ފަރާތުން ދާއިރާއަށް ނަޒާހަތްތެރި ކެނޑިޑޭޓަކު ނެރެދިނުމަށް އެ ރައްޔިތުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...