މީގެ ފަހުން ވޯޓު ކަރުދާހުގައި ކުރަހައިފިނަމަ ވޯޓު ބާތިލްވާނެ!
އިންތިޚާބުތަކުގައި ބޭނުންކުރާ ވޯޓުކަރުދާސްތަކުގައި ކުރަހައިފިނަމަ އެ ވޯޓު ބާާތިލްވާ އިސްލާހު ފާސްކޮށްފިއެވެ.
މިބިލް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސް ކޮށްފައިވަނީ، އެވަގުތު ޖަލްސާގައި ތިއްބެވި 55 މެންބަރުންގެ ތެރެއިން 53 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
މި ބިލްގައިވާ ގޮތުގައި ވޯޓު ބާތިލުވާ ކަންކަމުގެ ތެރޭގައި ވޯޓު ކަރުދާހުގައި އެ މީހަކަށް ފެންނަ ކެނޑިޑޭޓެއްގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން އިތުރު އެހެން ފާހަގައެއް ނުވަތަ ލިޔުމެއް ނުވަތަ ކުރެހުމެއް ކުރަހާފައިވުން ހިމެނުމަށް ވަނީ އެދިފައެވެ.
މިބިލަށް އަމަލު ކުރަން ފަށާނީ، ބިލް ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށްފަހު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް