މީހުން މަރަން ގޮވާ ފަރާތްތަކަށް ފިޔަވަޅު އަަޅަންޖެހޭ: ރައީސް ނަޝީދު
މީހުން މެރުމަށް ގޮވާލާ ފަރާތްތަކާާއި މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.
އެބޭފުޅާ ވިދާޅުވީ އިސްލާމްދީނުގެ ނަމުގައި ކަމަށްބުނެ، މުޅި ރާއްޖެ ހަމަނުޖެހުމުގެ ތެރެއަށް ދާން ދޫކޮށްލުމަކީ ވަރަށް ބޮޑު ގޯހެއްކަމަށެވެ.
އަދި މީހުން މެރުމަށާއި އަނިޔާވެރިކަމަށް ގޮވާލާ އެންމެހާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅަންޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެބޭފުޅާ މިހެން ވިދާޅުވެފައިވާ ދަނޑިވަޅަކީ، އެމްޑީއެންއިން ނެރުނު ރިޕޯޓާއި ގުޅިގެން އަތޮޅު ތެރޭގައި ކުރި މުޒާހަރާއެއްގައި ލާދީނީ މީހުން މެރުމަށާއި އަންދާލުމަށް ގޮވި ވީޑިޔޯއެއް އާންމުވެ، އެކަމާއި މެދު ބަހުސްކުރެވެމުންދާ ދަނޑިވަޅެއްކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް