އިންޑޮނީޝިޔާގެ މީހުން ހާރަށް ތެދުކުރުވަނީ އެގައުމުގެ ސިފައިން!
ދުނިޔޭގެ އެންމެ ބޮޑު އިސްލާމީ ގައުމުކަމުގައިވާާ އިންޑޮނީޝިޔާގެ ބައެއް ސަރަހައްދުތަކުގެ މީހުން ހާރުކާން ތެދުކުުރުވުމުގެ ޒިންމާ، އެގައުމުގެ ވައިގެ ސިފައިން އުފުލައިފިއެވެ.
ސިފައިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ޖާވާގެ ބައެއް ސަރަހައްދުތަކުގައި ދިރިއުޅޭ އާންމުން، ހާރުކާާން ތެދުކުރާނީ ސިފައިން ކަމަށެވެ.
އެގޮތުން އާފްޓާރ ބާރނާތަކެއް ހަރުކޮށްފައިވާ ޖެޓުތަކެއް، ޖާވާގެ ސަރަހައްދުތަކުގައި ދުއްވާނެއެެވެ. މީގެ ސަބަބުން އެ ހިސާބުގައި އުޅޭ މީހުންނަށް ބޯޓުގެ އަޑުއިިވި ހޭލެވޭނެކަމަށް ސިފައިން އުންމީދުކުރެއެވެ.
މިގޮތަށް އަމަލުކުރުމަކީ ސަގާފަތް ދެމެހެއްޓުމުގެ އިތުރުން، ރޯދައަށް ތިބެންޖެހޭ ޕައިލެޓުންނަށް ޓްރެއިނިންގެއް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ކުރި ކަމެއްކަމަށް އެފަރާތުން ވަނީ ބުނެފައެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް