ހުޅުމާލެ ރައްޔިތުން ހަވާލުކުރެއްވި ޒިންމާ އަދާކުރުންމަތީ ދެމިހުންނާނަން: މެންބަރު ނިޔާޒް
ހުޅުމާލެ ރައްޔިތުން ހަވާލުކުރެއްވި ޒިންމާ އަދާކުރުންމަތީ ދެމިހުންނާނެކަމަށް ހުޅުމާލެ ދާއިރާގެ މެންބަރުކަމުގެ ހުވާ ކުރެއްވި ޢަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.
ނިޔާޒް މިހެން ވިދާޅުވެފައިވަނީ 19 ވަނަ ރައްޔިތުންގެ މަޖިލިސް މެންބަރުކަމުގެ ހުވާ ކުރެއްވުމަށްފަހު ކުރެއްވި ޓުވީޓެއްގައެވެ.ި
"ހުޅުމާލޭގެ ލޮބުވެތިިރައްޔިތުން ކުރެއްްވި އިތުބާރާ އެކަު މި ހަވާލުވިބޮޑުޒިންމާ ފުރިހަމައަށް އަދާ ކުރުންމަތީ މާތް ﷲ ވާގިފުޅާއެކު ދެމިހުންނާނެ ކަމުގެ ޔަޤީންކަން އަރުވަމެވެ" ނިޔާޒް ވިދާޅުވިއެވެ.
މިއީ ހުޅުމާލެ ދާއިރާ އުފެދުމަށްފަހު މިދާއިރާއަށް އިންތިހާބުވި ފުރަތަމަ މެންބަރުކަން ފާހަގަކޮށްލެވެއެވެ.
ނިމިދިޔަ މަޖިލިސް އިންތިހާބު ނިޔާޒް ކާމިޔާބު ކުރައްވާފައިވަނީ %48.8 ވޯޓު ހޯއްދަވައިގެންނެވެ. ނިޔާޒާއި އެންމެ ގާތުން ވާދަކޮށްފައިވަނީ ޕީއެންސީގެ ކެނޑިޑޭޓް އިބްރާހިމް ފައިސަލްއެވެ.
ފޮޓޯ: މިހާރު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް