ވައުދެއް ބުނުމަކީ ވައުދު ފުއްދުމުގެ ޔަގީންކަމެއް ނޫން: އިއްބެ
ވައުދެއް ބުނުމަކީ އެ ވައުދު ފުއްދޭނެކަމުގެ ޔަގީންކަމެއް ނޫންކަމަށް މައްޗަންގޯޅި މެދު ދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވާ އައްޝައިޚް އިބްރާހިމް މުހައްމަދު ވިދާޅުވެއްޖެއެވެ.
ޝައިޚް އިބްރާހިމް މިހެން ވިދާޅުވީ މިރޭ އޮތް ކަންމަތީ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިއްބެ ވިދާޅުވީ ވަރަށް ގިނަ ފަރާތްތަކުން ވައުދުވަމުން އަންކަމަށާއި އެކަމަށް ސަމާލުވާން ޖެހޭނެކަމަށެވެ. އޭގެ ސަބަބަކީ ވައުދެއް ވުމަކީ އަދި އެ ވައުދެއް ފުއްދޭނެކަމުގެ އެއްެވެސް ޔަގީންކަމެއް އޮންނަ ބަހަކަށް ނުވާތީކަމަށް އިއްބެ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް އިނގޭ ދުލުން ބުނާ ބަހަކީ ތެދުބަހަކަށްވެސް ވެެގެން ހިނގައިދާނެކަން. އަދި ދުލުން ބުނާ ބަހަކީ ދޮގުބަހަކަށްވެސް ވެދާނެ..... ވައުދަކީ ވެސް އަނގައިން ނެރެލާ، ދުލުން ބުނެވޭ ބަހެއް. އެހެންވީމަ އަދި ވައުދެއް ވުމަކުންނެއް އެ ވައުދު ފުއްދޭނެކަމުގެ އެއްވެސް ގެރެންޓީއެއް ނޯންނައިރު، ވައުދުވާ ފަރާތަކީ ނުވަތަ އެބަސް ބުނާ ފަރާތަކީ އޭނާގެ އަމަލުތަކާއި މެދު އަޅުގަނޑުމެން ފަހަތަށް ޖެހިލާ ބަލާލަން ޖެހޭނެ"، އެބޭފުޅާ ވިދާޅުވިއެވެ.
މިރޭގެ ބައްދަލުވުމުގައި އިއްބެ ވަނީ މަޖިލީހަށް ނިކުންނަ ބޭފުޅަކީ އުދައްޔެއް ހިފައިގެން މަގުކޮނެ ހޮޅި ވަޅުލާ ހަދަންޖެހޭނެ މީހެއް ނޫންކަމަށް ވިދާޅުވެފައެވެ.
އަދި އެއީ ގާނޫނީ މަސައްކަތްތަކެއް ކުރުމަށް ގާނޫނުގެ ތެރެއިން ނުކުންނަ މީހެއްކަމަށް ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް