މާލޭގައި ހަދަމުންދިޔަ އިމާރާތަކުން ދަގަނޑު ހޮޅިއެއް ވެއްޓިއްޖެ
މާލޭގައި ހަދަމުންދިޔަ އިމާރާތަކުން އިއްޔެ ހަވީރުގެ ވަގުތެއްގައި ފަނަރަ ފޫޓުގެ ދަގަނޑު ހޮޅިއެއް ވެއްޓިއްޖެއެވެ.
މީޑިޔާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ އިއްޔެ ހަވީރު 5:35 ހާއިރު އިނޮކްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އިމާރާތް ކުރަމުންދިޔަ މައްޗަންގޮޅި ގެއެއްގެ ފަސްވަނަ ފަންގިފިލާ އިން 15 ފޫޓު ދިގު، 2 އިންޗި ފުޅާ ދަގަނޑު ހޮޅިއެއް މަގުމައްޗަށް ވެއްޓުުނު ކަމަށެވެ.
އެ ދަގަނޑު ހޮޅި މަގުމައްޗަށް ވެއްޓުނު އިރު އެތާ ކައިރީ ޕާކް ކޮށްފައި ހުރި ދެ ސައިކަލެއްގެ މަޑިމަތީގައި ޖެހުނެވެ. ނަމަވެސް އެ ސައިކަލުތަކަށް ގެއްލުމެއް ވެފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ސިޓީ ކައުންސިލަށް އަންގައިގެން އެ އިމާރާތުގެ މަސައްކަތް ހުއްޓިފައިވާކަމަށެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް