މާލެއިން ގެއްލިގެން ހޯދަމުންދިޔަ އަންހެން ކުއްޖާ ފެނިއްޖެ
މާލެއިން ގެއްލިގެން ހޯދަމުންދިޔަ 14 އަހަރުގެ އަންހެން ކުއްޖާ ފެނިއްޖެއެވެ.
މ. އެނބޫމާގެއާގެ، ޚަދީޖާ ޔަލްވީ (14އ) ގެއްލިގެން، ހޯދުމަށް ފުލުހުން އިއުލާނު ކުރީ އިއްޔެއެވެ.
އޭރު ފުލުހުން ބުނީ، ޔަލްވީގެ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އެކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާ، އޭނާ އެންމެ ފަހުން ފެނިފައިވަނީ ޖޫން 14 ވަނަ ދުވަހު، ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށެވެ.
ޔަލްވީ ފެނުނުކަން ކަށަވަރު ކޮށްދެއްދަމުން ފުލުހުން ބުނީ ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ.
މިއަހަރުގެ ފެބްރުއަރީ މަހުވެސް ޔަލްވީ ގެއްލިގެން ހޯދުމަށް ފުލުހުން އިއުލާނު ކުރިކަން ފާހަގަކޮށްލަން ޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް