ތިނަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެކަކަށް އައިސީޔޫގައި ފަރުވާދެނީ
ތިނަދޫ ސިޓީގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހުންނަށް އަނިޔާވެ އެކަކަށް އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން މީޑިޔާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ތިނަދޫގެ ޣާޒީ މަގާއި ރަންނަބަނޑޭރި މަގު ގުޅޭ ކަންމަތީގައި ކާރަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގި މައްސަލަ ރޭ 07:44 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އަދި އެ އެކްސިޑެންޓުގައި ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާވެފައިވާއިރު، ސައިކަލު ދުއްވި މީހާއަށް އައިސީޔޫގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
ފާހަގަކުރެވޭ ގޮތުގައި މިއީ މި އަހަރުގެ ތެރޭގައި އެ ސިޓީގައި ހިނގި އެފަދަ ނުރައްކާތެރި ދެވަނަ އެކްސިޑެންޓެވެ. އެގޮތުން މިދިޔަ އޭޕްރީލް މަހު ވެސް ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަންހެނަކަށް ވަރަށް ބޮޑަށް އަނިޔާވެފައިވެއެވެ. އަދި އޭގެ ފަހުން އެ މަހުގެ ފަހުކޮޅު ފަރުވާދެމުން ދަނިކޮށް އެ އަންހެންމީހާ ވަނީ ނިޔާވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް