އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުން ހަ ޑިރެކްޓަރުން
އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުގެ ފަރާތުން ހަ ޑިރެކްޓަރުން އައްޔަންކޮށްފިއެވެ.
މި ފަރާތްތައް އައްޔަންކޮށްފައިވަނީ ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައެވެ.
ރޭގެ ބައްދަލުވުމުގައި އެސްޓީއޯގެ ޗެއާމަންކަމުގެ މަގާމަށް އައްޔަންކޮށްފައި ވަނީ މ. ޗަނބޭލީމާގެ، ހާމިދު ނަޝީދު މުހައްމަދެވެ. މެނޭޖިން ޑިރެކްޓަރަކަށް ހ. ހައްދުންމަތީ ދެކުނުގެ، ހުސައިން އަމްރު މުހައްމަދު އައްޔަންކޮށްފައިވާ އިރު، އެގްޒެކެޓިވް ޑިރެކްޓަރަކަށް އައްޔަންކޮށްފައި ވަނީ ހއ. ކެލާ، ފިނޮޅު، މުހައްމަދު މިހާދެވެ.
ސަރުކާރުގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑުގައި ދެން ހިމެނޭ ޑިރެކްޓަރުންނަކީ ގއ. ދާންދޫ، އަންޑާޕޫލްގެ، ގައިސް އިސްމާއީލާއި ގއ. ދެއްވަދޫ، ދިލްޝާދުގެ، ޝިމާދު އިބްރާހީމް އަދި މ. އައްޝަތުމަންޒިލް، އިސްމާއިލް ޖުމައިލް ރަޝީދެވެ.
ދަރުބާރުގޭގައި ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި އާންމު ހިއްސާދާރުންގެ ތެރެއިން އާމިނަތު ރުޝްމާ ވަނީ ހޮވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް