ގަވަރނަރ ނަސީރު މިރޭ ފުލުހަށް ހާޒިރުކުރަނީ
އެމްއެމްއޭގެ ގަވަރނަރ އަހްމަދު ނަސީރު މިރޭ ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.
ގަވަރނަރ ނަސީރު ފުލުހަށް ހާޒިރުވާން އެންގިކަން ފުލުހުންގެ ތަރުޖަމާނު އިޒްމިޔާ ޒާހިރުވެސް ވަނީ ޔަގީންކޮށްދެއްވާފައެވެ.
ނަސީރު ފުލުހަށް ހާޒިރުކުރަނީ ފުލުހުން ބަަލަމުންދާ މައްސަލައަކާއި ގުޅިގެންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ނަސީރާއި ދެކޮޅަށް ބަލަމުންދަނީ ގާނޫނީ މަސްއޫލިއްޔަތު އަދާ ކުރުމަށް ހުރަސް އެޅި މައްސަލައެކެވެ. މި މައްސަލަ ނަސީރާއި ދެކޮޅަށް ހުށައަޅާފައިވަނީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ ކުރީގެ ވެރިޔާ އަބްދުﷲ އަޝްރަފެވެ.
އަޝްރަފު ވަނީ ނަސީރުގެ މައްސަލަ އެމްއެމްއޭގެ ބޯޑަށާއި، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށައަޅާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް