މީގެފަހުން ބްރިޖްމަތިން ސައިކަލް ދުއްވޭނީ ހެލްމެޓް އަޅައިގެން!
ބްރިޖްމަތީގައި ސައިކަލް ދުއްވާއިރު ހެލްމެޓް އެޅުމަކީ މަޖުބޫރުކަމެއްގެ ގޮތަށް ހަމަޖައްސައިފިއެވެ.
މިގޮތަށް ހަމަޖެއްސިކަން އިއުލާންކޮށްފައިވަނީ ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ އައިޝަތު ނަހުލާއެވެ.
މިނިސްޓަރ ނަހުލާ ވިދާޅުވީ މި އަންނަ މާޗް މަހުގެ 10 ވަނަ ދުވަހުން ފެށިގެން ބުރިޖު ހުރަސްކޮށް ސައިކަލުގައި ދަތުރު ކުރާނަމަ ހެލްމެޓް އެޅަން ޖެހޭނެ ކަމަށެވެ.
އަދި އެއީ ގަވާއިދުގެ ތެރެއިން، ރައްޔިތުންގެ ސަލާމަތާ ރައްކާތެރި ކަމަށް ކުރާ ކަމެއްގެ ގޮތުގައި އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.
ސިނަމާލް ބްރިޖް ހުޅުވުނު ދުވަހުން ފެށިގެން އެ ބްރިޖްމަތިން ގިނަ އެކްސިޑެންޓްތައް ހިނގަމުންދާއިރު، އާންމުންގެ ގިނަ ފަރާތްތަކުން ވަނީ އެ ބްރިޖްގައި ހެލްމެޓް އެޅުން ތަންފީޒުކުރުމަށް ގޮވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް