ރައީސް ޑރ.މުޢިއްޒު، ޓާރްޓޫގެ ޤައުމީ ދާރުލްއާސާރަށް ޒިޔާރަތްކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، އެސްޓޯނިއާއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެގައުމުގެ ޓާރްޓޫގައި ހުންނަ ޤައުމީ ދާރުލްއާސާރު، އީސްޓީ ރާހްވާ މޫސިއަމް ޒިޔާރަތްކުރައްވައިފިއެވެ.
ދާރުލްއާސާރަށް ޒިޔާރަތްކުރެއްވުމުން، ދާރުލްއާސާރުގެ ޑިރެކްޓަރ ޑޮކްޓަރ ކޭޓޫ ސަކްސް ވަނީ ރައީސް ޑރ.މުޢިއްޒަށް މަރުޙަބާ ވިދާޅުވެފައެވެ.
މިޒިޔާރަތުގައި އެ ދާރުލްއާސާރުގެ "އެންކައުންޓަރސް" މަޢުރަޒު ރައީސް ޑރ.މުޢިއްޒު ބައްލަވާލެއްވިއިރު، އެމަނިކުފާނު ވަނީ ދާރުލްއާސާރުގެ މެހުމާނުން ސޮއިކުރާ ފޮތުގައި ސޮއިކުރައްވާފައެވެ.
އެޤައުމުގެ ރައީސް ޑޮކްޓަރ އަލާރް ކަރިސްގެ ދަޢުވަތަކަށް ރައީސް ޑރ.މުޢިއްޒު ކުރައްވަމުންގެންދަވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ރާއްޖާގެ ފަންނިއްޔާތުގެ މާހިރުންގެ މައްޗަށް އެކުލެވިގެންވާ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް