1ފެބްރުއަރީގެ އަމުރާއި އެއްގޮތަށް މީހުން ބަންދުން ދޫނުކޮށް ބެހެއްޓުމަކީ ޣައިރު ގާނޫނީ ކަމެއް: އޮޑިޓް
މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސިޔާސީ ހައްޔަރީންތަކެއް ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ކުރި އަމުރު ތަންފީޒުނުކުރުމަކީ ކަމާއިބެހޭ އިދާރާތަކުން ކުރި ޣައިރު ގާނޫނީ ކަމެއްކަމުގައި ޖަލުތަކާއި ބެހޭ އޮޑިޓް ރިޕޯޓްގައި ބުނެފިއެވެ.
އެ ރިޕޯޓްގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ އަމުރުތަކަކީ ތަންފީޒު ކުރަން ލާޒިމް އަމުރުތަކެއް ނަމަވެސް 1 ފެބުރުއަރީ ގެ އަމުރު ތަންފީޒުކުރުމަށް ފުލުހުންނާއި ކަރެކްޝަނަލް ސާވިސްއިން ކަނޑައެޅިގެން ދެކޮޅުހެދި ކަމަށެވެ.
އަދި އެކަމަކީ ގާނޫނީ ކުށެއް ކަމަށް ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެެވެ.
އެގޮތުން އެ އަމުރުގައިވާ ނުވަ ގައިދީއަކު ދޫނުކޮށް، ހޭދަވި ކޮންމެ ދުވަހަކީ ޣައިރު ގާނޫނީ ބަންދެއްގައި އެ މީހުން ބޭތިއްބުންކަމުގައި އެ ރިޕޯޓްގައި ސިފަކޮށްފައެވެ.
މިކަމާއި ގުޅިގެން އަމުރު ތަންފީޒު ކޮށްފައިނުވާ މުއައްސަސާތަކާ މެދު ފިޔަވަޅު އަޅަން ޖަލު އޮޑިޓް ކޮމެޓީން ވަނީ ހޯމް މިނިސްޓަރު އައްޝައިޚް އިމްރާން އަބްދުﷲ އަށް ލަފާދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް