އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަކޮށް ވާާހަކަދެއްކުމުގެ ފުރުސަތެއް ނުދޭނަން: ރައީސް ޞާލިހު
އިސްލާމްދީނާއި ކީރިިތި ރަސޫލާއަށް ފުރައްސާރަކޮށް ވާހަކަދެއްކުމުގެ ފުރުސަތެއް މިސަރުކާރުން ނުދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ޤައުމުގައި އިސްލާމް ދީނަށް ފުރައްސާރަކޮށް، މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ކުޑައިމީސްވާ ގޮތަށް ވާހަކަ ދެއްކުމުގެ ފުރުޞަތު މިސަރުކާރުން ނުދޭނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުއްވާ ކަމަށެވެ.
އަދި ހަމައެފަދައިން އިސްލާމް ދީނުގެ ނަމުގައި ހަރުކަށިކަމާއި ބިރުވެރިކަން އުފައްދައި، މީހުން މެރުމަށް ގޮވައި، ޓެރަރިސްޓް ހަނގުރާމަތަކުގައި ބައިވެރިވުމަށްވެސް، މި ސަރުކާރުން ފުރުޞަތު ނުދޭނެކަމަށްވެސް ރައީސް ޞާލިހު ވަނީ ފާހަގަކުރައްވާފައެވެ. މިރޭގެ ޖަލްސާގައި އެމަނިކުފާނު ވަނީ އިސްލާމްދީނާއި ދިވެހި ޤައުމިއްޔަތުގެ ދިފާޢުގައި، ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެކަމަށް ވިދާޅުވެފައެެވެ.
އަދި ދީނުގެ ނަމުގައި ހަރުކަށި ޢަމަލުތައް ހިންގުން ހުއްޓުވުމަށްޓަކައި، ކުރަންޖެހުނު ކޮންމެ ކަމެއް، މާތްﷲގެ ވާގިފުޅާއެކު، މި ސަރުކާރުން ކުރާނެކަމަށްވެސް ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް