ވަޅިން ބިރުދެއްކުމަށްފަހު ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފި
ވަޅިން ބިރު ދެއްކުމަށްފަހު ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފިއެވެ.
މާލޭގެ މަގުމަތިން މިރޭ ވަޅިން ބިރުދައްކައި ފޭރިގެންފައިވަނީ ފަސްލައްކަ ފަސްތޮޅަސްހާސް ރުފިޔާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނި މިރޭ ދިހަގަޑި ތިރީސް ހާއިރު ދެ ސައިކަލެއްގައި ދިޔަ ތިން މީހަކު ވެގެން ވަޅިން ބިރުދައްކާ ފޭރިގެންފައިވަނީ އެކްޕޯޓް މޮޓޯސްގެ ފައިސާތަކެއް ކަމަށެވެ. އަދި އެފައިސާ ފޭރިގެންފައިވަނީ މަޖީދީ މަގު ފަތަހަ ސުންބުލި ކައިރިން ކަމަށް މައުލޫމާތު ލިބިފައިވެއެވެ
ފޭރިގަތް ފައިސާތަކަކީ އެކްޕޯޓް މޮޓޯސްގެ އޮފީހަށް ގެންދިޔަ ފައިސާތަކެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މިމައްސަލައާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިވާކަމެއް ފުލުހުން ހާމަކޮށްފައި ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް