ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ޙަބީބާ އައްޔަނު ކުރައްވައިފި
ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ދަފްތަރު. ނަންބަރު ރސ 9472، ފާޠިމަތު ޙަބީބާ އައްޔަނު ކުރައްވައިފިއެވެ.
ޙަބީބާ މި މަގާމަށް އައްޔަނުކުރައްވާފައި މިވަނީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ރައީސް ޑރ.މުޢިއްޒު ވަނީ ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން ޙަބީބާ އާއި ހަވާލުކުރައްވާފައެވެ.
ރަސްމިއްޔާތުގައި ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ މުޙައްމަދު އިބްރާހީމް ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް