ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި އިންޓަރނެޓް އަގުހެޔޮ ކުރާނެ!
ކުރިއަށްެއޮތް ހަފްތާތަކުގެ ތެރޭގައި އިންޓަރނެޓްގެ އަގުހެޔޮ ވެގެންދާނެކަމަށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ސޯލިހު ވިދާޅުވެއްޖެއެވެ.
އަލީ ސޯލިހު މިހެން ވިދާޅުވީ ރާއްޖޭގެ އޮންލައިން މީޑިޔާއަކުން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އެބޭފުޅާ ވިދާޅުވީ އިންޓަރނެޓްގެ އަގުތައް ތިރިކުރެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށާއި ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ރައްޔިތުންނަށް ހެޔޮ ބަދަލެއް ފެނިގެންދާނެކަމަށެވެ.
އަލީ ސޯލިހު ވަނީ މި ބަދަލުތަކަކީ ބުރަ މަސައްކަތެއް ކަން ފާހަަގަކުރައްވައި، އައިއެސްޕީންނާއި ގުޅިގެން އެކަން ކުރަމުންދާކަމަށް ވިދާޅުވެފައެވެ.
ނަމަވެސް އިންޓަރނެޓް އަގުހެޔޮވާނީ ކިހާ މިންވަރަކަށް ކަމެއް އަލީ ސޯލިހު ވިދާޅުވެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް