ާޖާބިރުގެ ގެސްޓްހައުސްއެއްގައި އަލިފާން ރޯވެއްޖެ
ކާށިދޫ ދާއިރާއަށް އިންތިޚާބުވެ ވަޑައިގަތް އަބްދުﷲ ޖާބިރުގެ ގެސްްޓްހައުސްއެއްގައި ރޯވެއްޖެއެވެ.
ރޯވެފައިވަނީ އއ.މަތިވެރީގައި ޖާބިރު ހިންގަވާ ގެސްޓްހައުސްެ އެއްގައެވެ.
މި ގެސްޓްހައުސްގެ ނަމަކީ ކާސާ މިއާ މޯލްޑިވްސްއެވެ.
ކާސާ މިއާ މޯލްޑިވްސްގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ ނިއްވާލެވިފައެވެ. މި އަލިފާންގަނޑު ނިއްވާލާފައިވަނީ މަތިވެރީގައި ތިބި ސިވިލް ފަޔަރ ފައިޓަރުންގެ ޓީމާއި އެރަށު ރައްޔިތުންގެ އެހީގައެވެ.
ފުުލުހުން މައުލޫމާތު ދޭގޮތުގައި މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 22:25 ހާއިރުގައެވެ.
https://www.facebook.com/voicemaldives/videos/394935841286425/?modal=admin_todo_tour&_rdc=1&_rdr
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް