ގަދަ ވަޔާއެކު ޕާކިންޒޯނަކަށް ގޮފިތަކެއް ވެރި ސައިކަލުތަކަކަށް ގެއްލުން ވެއްޖެ
ގަދަ ވަޔާއެކު ގަހެއްގެ ގޮފިތަކެއް ވެރި، ސައިކަލުތަކަކަށް ގެއްލުން ލިބިއްޖެއެވެ.
މިރޭ 20:30 ހާއިރު، "ގޯމީލް" ކެފޭ ތެރޭ ހުރި ބިޔަ ގަހެއްގެ ގޮފިތައް ވަނީ އެތަނާ އިންވެގެން ހުންނަ ސިންދިތާ ފިހާރަ ކުރިމަތީ ހުންނަ ޕާކިން ޒޯނަށް ވެއްޓިފައެވެ.
ގަސް ވެއްޓުނު ދިމާލުގައި ހުރި ގިނަ ސައިކަލުތައް ގަސް ދަށު ވެފައިވާއިރު، ސައިކަލު ތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
އެ ސަރަހައްދުގައި ފުލުހުންނާއި މާލެ ސިޓީ ކައުންސިލުގެ މުވައްޒަފުން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި މާލެ ސިޓީ ކައުންސިލުން ހާމަކުރެއްވި ގޮތުގައި ގަސްތައް ވަކިކޮށްފައި ނަގަން ވަނީ އަންގާފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަދި ސައިކަލުތަކަށް ލިބުނު ގެއްލުން ފުލުހުން ބަލަމުން ދާ ކަމަށް މައުލޫމާތު ލިބެއެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ގަދަ ވިއްސާރައިގައި މީގެ ކުރިންވެސް ގަސްގަހާއި ގަސްގަހުގެ ގޮފި ވެއްޓި، އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް