މޯލްޑިވްސް އޯޕަން ގޮލްފިން މުބާރާތުގެ ސިމްބޮލިކް ޖާޒީއާއި ފިލާ ރައީސް މުޢިއްޒަށް ހަދިޔާކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މޯލްޑިވްސް ގޮލްފް އެސޯސިއޭޝަން (އެމްޖީއޭ) އިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް މޯލްޑިވްސް އޯޕަން 2025 ގޮލްފިންގ މުބާރާތުގެ ސިމްބޮލިކް ޖާރޒީއާއި ފިލާ ހަދިޔާކޮށްފިއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް މުޢިއްޒާ މި ތަކެތި ހަވާލުކުރެއްވީ އެމްޖީއޭގެ ނައިބު ރައީސް އަޙްމަދު ނަޒީރެވެ.
މި ރަސްމިއްޔާތުގައި ކުޅިވަރާބެހޭ ވަޒީރު އަބްދުالله ރާފިޢުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 25 ވަނަ ދުވަހު ސްރީލަންކާގެ ވިކްޓޯރިއާ ގޮލްފް ކްލަބުގައެވެ.
މޯލްޑިވްސް އޯޕަން 2025 އަކީ ދިވެހިރާއްޖޭގައި ގޮލްފް ކުޅުން ކުރިއެރުވުމަށާއި ތަރައްޤީ ކުރުމަށް އެމްޖީއޭ އިން ކުރަމުންދާ މަސައްކަތުގެ ހެއްކެއް ކަމުގައި ރައީސް އޮފީހުން ބުނެފައިވެއެވެ.
މި މުބާރާތަކީ ދިވެހިރާއްޖޭގެ ގޮލްފް ކުޅުންތެރިންނަށް ބައިނަލްއަޤްވާމީ ފެންވަރުގައި ވާދަކުރުމުގެ ފުރުޞަތު ހޯދައިދޭ މުހިންމު މުބާރާތެއް ކަމަށް ބެލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް