އެމްއައިޓީޑީސީގެ ބަޖެޓުން ޕީޕީއެމްގެ އޮފީސް ހެދުމަށް ޚަރަދުކުރި
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މޯލްޑިވްސް އިންޓިގްރޭޓެޑް ޓޫރިޒަމް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ ބަޖެޓުން ޕީޕީއެމްގެ އޮފީހެއް ހެދުމަށް ޚަރަދުކޮށްފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ރާއިދު ވިދާޅުވެފައިވާ ގޮތުގައި ސިޔާސީ ޕާޓީއެއްގެ އޮފީސް ހެދުމަށް ކުންފުނީގެ ބަޖެޓުން ދެ މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
އެމްއައިޓީޑީސީގެ އޮޑިޓް ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ޕީޕީއެމްގެ އޮފީސް ހެދުމަށް ޚަރަދުކުރި ކަން އެނގެއެވެ. އެހެން ނަމަވެސް ފަހުން އެ ފައިސާ އަކީ ސީއެސްއާރަށް ޚަރަދުކުރި ފައިސާ ކަމަށް ވަނީ ބުނެފައެވެ.
އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރ ރާއިދު އާއި ހަވާލާދީ "ޕީއެސްއެމް"ގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ކުންފުނީގެ ލިޔެކިޔުންތައް ބެލުމުން އެ ޚަރަދަކީ ސީއެސްއާރަށް ޚަރަދުކޮށްފައިވާ ފައިސާ ނޫންކަން ވަނީ ހާމަވެފައެވެ.
އަދި ރާއިދު ވިދާޅުވެފައިވާ ގޮތުގައި އެ މައްސަލަ އޭސީސީން މިހާރު ދަނީ ތަހުގީގް ކުރަމުންނެވެ. އަދި މައްސަލައާއި ގުޅުން ހުރި ކުންފުނީގެ ބޯޑު މެމްބަރަކާއި އިތުރު މުވައްޒަފަކު ވަނީ ޖެނުއަރީ މަހުން ފެށިގެން ސަސްޕެންޑް ވެސް ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް