އައިކޮމް އޮފީހުގެ ފުރަތަމަ އާންމު އަޑުއެހުން ބާއްވައިފި
އިންފޮރމޭޝަން ކޮމިޝަނަރގެ އޮފީހުގެ ފުރަތަމަ އާންމު އަޑުއެހުން ބާއްވައިފިއެވެ.
އިއްޔެ ބޭއްވި އެ އޮފީހުގެ ފުރަތަމަ އާންމު އަޑުއެހުމަކީ އިލެކްޝަންސް ކޮމިޝަންއާއި ދެކޮޅަށް ހުށައެޅުުނު މައްސަލައެއްގެ އަޑުއެހުމެވެ.
އައްފާން ޝާފިއީ ނަމަކަށް ކިޔާ މީހަކު ހުށައެޅި މި މައްސަލައިގައި ވަނީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީވެފައި އޮއްވާ، އޭނާއަށް ނޭނގި ޕާޓީ ބަދަލުވެފައި ވާތީ އެކަމާ ގުޅޭ މައުލޫމާތު ހޯދަން އެދުމުން އެ މައުލޫމާތު އިލެކްޝަންސްއިން ނުދިންކަމަށެވެ.
މީގެ އިތުރުން މިއަދުވެސް ވަނީ އައިކޮމްގެ އޮފީހުގެ އާންމު އަޑުއެހުމެއް ބާއްވާފައެވެ. މި މައްސަލަވެސް ރައްދުވަނީ އިލެކްޝަންސް ކޮމިޝަނަށެވެ.
އަސްފާ ޝާފިއީ ހުށައެޅި މި މައްސަލައިގައި ވަނީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީވެފައި ނެތް ނަމަވެސް، އޭނާގެ އިނގިލީގެ ނިޝާން ޖަހައިގެން ޕާޓީއެއްގެ ފޯމު އިލެކްޝަންސްއަށް ހުށަހަޅައިފައިވާތީ އެ ފޯމުގެ ކޮޕީއެއް ހޯދުމަށް އެދުމުން، އިލެކްޝަންސްއިން އެ މައުލޫމާތު ފޯރުކޮށްނުދިން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް