ކުޑަކުދިންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ފުލުހަކު ހައްޔަރުކޮށްފި
ކުޑަކުދިންތަކަކާއި އެކު ބަދުއަޚުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ފުލުހުންގެ ވަޒީފާގައި ހުރި ފަރާތަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދޭގޮތުގައި ދެ ކުޑަކުދިންނާއި އެކު ވަކިން ބަދުއަޚުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކުރެވިފައިވަނީ އިއްޔެއެވެ. އެ މީހާގެ ބަންދުގެ މުއްދަތަށް ވަނީ ފަނަރަ ދުވަސް ޖަހާފައެވެ. އަދި އެއީ ފުލުހުންގެ ވަޒީފާގައި ހުރި ފަރާތެއްކަން މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފަރާތުންވެސް ވަނީ ޔަގީންކޮށްދީފައެވެ.
އެނގިފައިވާ ގޮތުގައި މި މީހާއަކީ ފުލުހުންގެ ސާޖެންޓެއްގެ މަގާމުގައި ހުރި ފަރާތެކެވެ.
މި މީހާގެ މައްސަަލަ އެންމެ ފުރަތަމަ ފެންމަތިވެފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ. އެގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައި އޭނާގެ މައްޗަށް ބަދުއަޚުލާގީ އަމަލު ހިންގިކަމުގެ މައްސަލައެއް ހުށައެޅުނެވެ. އެކަށީގެންވާ ހެކި ނެތްކަމަށްބުނެ އެ މައްސަލަ އިތުރަށް ނުބެލި ވަނިކޮށް. މިއަަހަރުގެ މާޗްމަހުގައިވެސް ވަނީ ހަމަ އެފަދަ އެހެން މައްސަލައެއް ހުށައެޅިފައެވެ.
ބައެއް މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި އެމީހާ އަކީ ނޯފޭ ލީވެއްގެ ދަށުން ސްރީލަންކާގައި އުޅެފައިވާ ފަރާތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް