ނޭޝަނަލް ޑްރަގް އޭޖެންސީ
ނޭޝަނަލް ޑްރަގް އޭޖެންސީ
ހަބަރު 27 Apr 2025 | 08:51

ޕާޓީ ޑްރަގާއި މަސްތުވާތަކެތި ބޭނުންކުރުން އިތުރުވާތީ އެންޑީއޭއިން ހަރަކާތްތަކެއް ކުރިއަށްގެންދަނީ

ލިޔުންތެރިޔާ

ސްޓާފް ރައިޓަރ

ޕާޓީ ޑްރަގާއި މަސްތުވާތަކެތި ބޭނުންކުރުން އިތުރުވުމާއި ގުޅިގެން ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން ހާއްސަ ހަރަކަތްތަކެއް ކުރިއަށް ގެންދާ ކަމަށް އެ އޭޖެންސީއިން ބުނެފިއެވެ.

އެ އޭޖެންސީއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ފާއިތުވި ދުވަސްތަކުގައި މާލެއާއި ރާއްޖޭގެ އެހެން ރަށްރަށުގެ މަގުމަތީގައި މަސްތުގެ ހާލަތުގައި ތިބޭ ބައެއް ފަރާތްތަކުގެ ފޮޓޯއާއި ވީޑީއޯ ފަތުރަމުން ދާތީ، އަދި އެފަދަ މީހުން ކުށްކުރުމާއި ގުޅިގެން ހިފަހައްޓައި އަނިޔާކޮށް ވީޑިއޯކޮށް މީސްމީޑިއާގެ އެކި މަންސަތަކުގައި ފަތުރަމުންދާ މައްސަލާގައި ރައްޔިތުންގެ ކަންބޮޑުންތައް އެ އޭޖެންސީއަށް ލިބެމުންދާ ކަމަށެވެ. އަދި މި މައްސަލަތަކާ ގުޅިގެން ފުލުހުންނާ ގުޅިގެން އެ އެޖެންސީއިން ހާއްޞަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށް ވެސް އެބަޔާނުގައިވެއެވެ.

މަސްތުވާތަކެތި ބޭނުންކުރުމަކީ ޖިނާޢީ ކުށެއްގެ އިތުރުން ޞިއްހަތަށް ވެސް ނުހަނު ގެއްލުން ހުރި ކަމެއްކަން ފާހަގަކޮށް އެންޑީއޭއިން ބުނީ މިހާރުވެސް މަސްތުވާތަކެތި ބޭނުންކުރާ އެތައް ބަޔަކު ތަފާތު ބަލިތަކާ ހަނގުރާމަކުރަމުން ދާކަމަށެވެ. ޕާޓީ ޑްރަގް ނުވަތަ ޕާޓީ ޑްރަގްގެ މާއްދާތަކާއި ބަނގުރަލާއި، އެނޫންވެސް މަސްތުވާތަކެތި ރާއްޖޭގައި ފެތުރިފައިވަނީ ރައްކާތެރި އެއްޗެހީގެ ގޮތުގައި ނަމަވެސް މި ތަކެއްޗަކީ ފުރާނަ އަށް ނުރައްކާވާ ތަކެތި ކަމަށް ވެސް އެ ބަޔާނުގައިވެއެވެ. އަދި ޕާޓީ ކުރުމުގެ ނަމުގައި ފެތުރެމުންދާ މި ނުރައްކާތެރި މަސްތުވާތަކެއްޗާއި އެނޫންވެސް ޒާތްޒާތުގެ މަސުތުވާ މާއްދާތައް ބޭނުން ނުކުރުމަށް އެންޑީއޭއިން ވަނީ ނަސޭހަތްތެރިވެފައެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުން ފެށިގެން މާރޗް 25 ދުވަހުގެ ނިޔަލަށް މާލެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ 'އައުޓް ރީޗް' ޕްރޮގްރާމުން، ކަންބޮޑުވާ މިންވަރަކަށް މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަތަކާއި، ދުންފަތުގެ އިސްތިރުމާލުކުރުމާއި ޕާޓީކުރުމުގެ ތެރެއިން މަސްތުވާތަކެތި ބޭނުންކުރުން އިތުރުވެފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށް އެ އެ ބަޔާނުގައިވެއެވެ.

މި މައްސަލަ ހައްލުކުރުމަށް މުޖްތަމައުގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ. އަދި މަސްތުގެ ހާލަތުގައި ތިބޭ ފަރާތްތައް މަގުމަތިން ފެނިއްޖެނަމަ އެ އެޖެންސީގެ އިމަޖެންސީ ނަމްބަރު 911އަށް ނުވަތަ އެ އެޖެންސީގެ ހޮޓްލައިން 1410 ނަމްބަރަށް ގުޅައި ރިޕޯޓުކުރުމަށް ވަނީ އެ އެޖެންސީ ވަނީ އެދިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...