މިނިސްޓަރ އިމްރާން ތުރުކީގެ ދާޚިލީ ވަޒީރާއި ބައްދަލުކުރައްވައިފި
ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ، ތުރުކީގެ ދާޚިލީ ވަޒީރާއި ބައްދަލުކުރައްވައިފިއެވެ.
މިނިސްޓަރ އިމްރާން އެބޭފުޅާއާއި ބައްދަލުކުރައްވާފައިވަނީ ތުރުކީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ބައްދަލުވުން ބާއްވާފައިވަނީ ތުރުކީގެ ދާޚިލީ ވުޒާރާގައެވެ.
މި ބައްދަލުވުމަށްފަހު ކުރެއްވި ޓްވީޓެއްގައި އިމްރާން ވިދާޅުވީ ތުރުކީގެ ދާޚިލި ވަޒީރު ސުލެއިމާން ޞޮއިލޫގެ ފަރާތްޕުޅުން އެމަނިކުފާނާއި ދިވެހިރާއްޖޭގެ ވަފްދާއި މެދު ބެހެއްޓެވި ގާތްކަމާއި މެދު ފަށްފަށުން ޝުކުރުދަންނަވާކަމަށެވެ. އަދި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވުމަށް އުންމީދުކުރައްވާ ކަމަށްވެސް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
މި ބައްދަލުވުމާއި ގުޅޭގޮތުން އިތުރު ތަފްސީލެއް މީޑިޔާއަށް ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް