ދެގަޑިއިރަށް ހުޅުމާލެއިން ކަރަންޓް ކެނޑުނު މައްސަލަ ހައްލުކޮށްފި
ރޭ ހުޅުމާލެއިން ދެގަޑިއިރަށް ކަރަންޓު ކެނޑެން ދިމާވި އިންޖީނުގެ މައްސަލަ ހައްލުކޮށްފިކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.
ސްޓެލްކޯއިން މައުލޫމާތު ދެއްވިގޮތުގައި ރޭ ކަރަންޓް މައްސަލަ ދިމާވީ ހުޅުމާލެގައި ކުރިއަށް ގެންދާ ފިފްތް ޕަވާ ޕޮރޮޖެކްޓްގެ ދަށުން ހިންގަމުން އަންނަ ހަ އިންޖީނުން އެއް އިންޖީނަށެވެ.
ރޭ މައްސަލަ ޖެހިފައިވާ އިންޖީނަކީ ޕައިލެޓް ޕްރޮޖެކްޓްގެ ދަށުން ކަރަންޓް ދެމުންގެންދިޔަ އިންޖީނަކަށްކަން ސްޓެލްކޯއިން ހާމަކުރައްވައެވެ.
ހުޅުމާލެގައި ކުރިއަށް ގެންދާ ފިފްތް ޕަވާ ޕޮރޮޖެކްޓްއަކީ ހުޅުމާލެ އެކެއް އަދި ދެވަނަ ފިޔަވައްސަށް ކަރަންޓް ދިނުމަށް ރައީސް ޔާމީންގެ ވެރިކަމުގައި ފައްޓަވާފައިވާ ޕޮރޮޖެކްޓްއެކެވެ.
މި ޕްރޮޖެކްޓް މިހާރު ނިމުމާއި ގާތްވެފައިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް