ރައީސް ސޯލިހުގެ ކުރީގެ އާމްދަނީއަކީ އެއް މިލިޔަން ރުފިޔާ!
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ވެރިކަމާއި ހަވާލުވެ ވަޑައިގަތުމުގެ ކުރިން އެމަނިކުފާނުގެ ޖުމްލަ އާމްދަނީ އެއް މިލިޔަނަށްވުރެ ގިނަ ރުފިޔާއަށް އަރާކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައި ހާމަކޮށްފައިވާ ކެބިނެޓްގެ މާލީ ބަޔާންތަކުގެ ފޯމްތަކުންނެވެ.
ރައީސް ސޯލިހުގެ މާލީ ބަޔާނުގައިވާ ގޮތުގައި އެމަނިކުފާނު މަގާމާއި ހަވާލުވުމުގެ ހަމަސް ކުރިން ލިބިފައިވާ އާމްދަނީ ޖުމްލަކޮށް 1,532,680.00 ރުފިޔާއަށް އަރައެވެ. މި އާމްދަނީ އެކަށައަޅާފައިވަނީި ލިބިވަޑައިގެންނެވި މުސާރަ އަދި އެލަވަންސްގެ ގޮތުގައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެމަނިކުފާނު ވަނީ އިންތިހާބަށް ނުކުންނެވުމުގެ ކުރިން އާއިލީ އަމިއްލަ ވިޔަފާރީގައި ހަރަކާތްތެރިވެ ވަޑައިގަތުމުގެ އިތުރުން މަޖިލިސް މެންބަރެއްގެ މަގާމުވެސް އަދާކުރައްވާފައެވެ.
ރައީސް ސޯލިހުގެ މާލީ ބަޔާނުގައިވަނީ އެމަނިކުފާނުގެ މިލްކިއްޔާތުގައި ހުރި މުދަލުގެ ގޮތުގައި ޅ.ހިންނަވަރު، ނޫރާނީގޭގެ ބަންޑާރަ ގޯތިވެސް ހިމަނުއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް