އަޒަރުބައިޖާން އެއާލައިނުން އައު ޓާމިނަލް ބޭނުންކުރަން ފަށައިފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
އަޒަރުބައިޒާންގެ ޤައުމީ އެއާލައިނުން ވެލާނާ އިންޓަރނޭޝަނަލް އެއާލައިނުގެ އައު ޓާމިނަލް ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.
އެމްއޭސީއެލުން ވަނީ މިކަމަށްޓަކައި ވީއައިއޭގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އަޒަރުބައިޖާން އެއާލައިނުގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ ފްލައިޓުން ދަތުރުކުރި ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލް އަދި އަޒަރުބައިޖާން އެއާލައިނު އޮފިޝަލުން ބައިވެރިވިއެވެ.

އެމްއޭސީއެލުން ބުނީ އަޒަރުބައިޖާން އެއާލައިނަކީ ވީއައިއޭގެ އައުޓާމިނަލް ބޭނުންކުރަންފެށި 16 ވަނަ އެއާލައިންކަމަށެވެ.

މިފަހުން އައު ޓާމިނަލް ބޭނުންކުރަން ފެށި އެއާލައިންތަކުގެ ތެރޭގައި ވާޖިން އެޓްލާންޓިކް، ބްރިޓީޝް އެއާވޭސް، ޗޮންޗިން އެއާލައިން ފާހަގަކޮށްލެވެއެވެ.
އެމްއޭސީއެލުން ބުނީ އެކުންފުނީހެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުންކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް