އެމްޑީޕީގެ ދާއިމީ ކޮމިޓީތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
އެމްޑީޕީގެ ދާއިމީ ކޮމިޓީތަކަށް ކުރިމަތިލުމުގެ ފުރުސަތު އެޕާޓީގެ މެމްބަރުންނަށް މިއަދު ހުޅުމާލައިފިއެވެ.
މިކަމާ ގުޅޭގޮތުން އެންމެބޮޑު އިދިކޮޅު ޕާޓީ، އެމްދީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޕާޓީގެ ދާއިމީ ކޮމިޓީތަކަށް ކުރިމަތިލުމަށް ބޭނުންވާ މެމްބަރުން ގޫގުލް ފޯމް މެދުވެރިކޮށް މިއަދުން ފެށިގެން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.
އެމްޑީޕީގައި 21 ކޮމިޓީއެއް ހިމެނެއެވެ. މީގެ ތެރޭގައި ޕާޓީގެ އެތެރޭގެ އެތެރޭގެ އެކިކަންކަމުގެ ކޮމިޓީތަކުގެ އިތުރުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އުފައްދާފައިވާ ކޮމިޓީތައް ހިމެނެއެވެ.
އެމްޑީޕީގެ ކޮމިޓީތަކުގައި މަސައްކަތްކުރުމަށް ބޭނުންވާ މެމްބަރުންނަށް އެ ފުރުސަތު ހުޅުވާލާފައިވަނީ، ޖޫންމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް