މާލޭގެ ގޭގޭގެ ވައިފައި އިން ވައްކަންކުރޭ: މަލީހް
މާލޭގެ ގެތަކުގެ އިންޓަރނެޓް ވައިފައިއިން ވައްކަންކުރުމަކީ މިހާރު އާންމުކަމެއްކަމަށް، މިނިސްޓަރ އޮފް ސައިންސް، ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ، މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
އެބޭފުޅާ މިހެން ވިދާޅުވީ އެ މިނިސްޓްރީގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މަލީހު ވިދާޅުވީ އެ މިނިސްޓްރީގެ ފަރާތުން ރާއްޖޭގައި އިންޓަރނެޓް ބޭނުންކުރުމާއި ބެހޭގޮތުން މިހާތަނަށް ކުރި ދިރާސާތަކުން އެންމެބޮޑަށް ފާހަގަކުރެވުނު ކަަމަކީ މާލެ ހިމެނޭ ސަރަހައްދުގައި ގޮތް ނޭނގޭ ފަރާތްތައް ގޭގެ އިންޓަނެޓް ސިއްރުން ނުވަތަ ވައިފައިގެ ނަހަމަ ބޭނުންކުރާ ކަން ކަމަށެވެ.
މިއީ ވައްކަންކުރުމޭ އޭގެ އެއް ޒާތުގައި ބުނެވިދާނެކަމަށް މަލީހު ފާހަގަކުރެއްވިއެވެ.
މިކަން ހައްލުކުރުމަށްޓަކައި އިންޓަރނެޓްގެ ހިދުމަތްދޭ ފަރާތައްތަށް ލައްވައި ފިޔަވަޅު އަޅައި އަދި މީހުން ހޭލުންތެރިކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށް މަލީހު ވިދާޅުވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ މަލީހު އިތުރަށްވަނީ އިންޓަރނެޓް ރައްކާތެރިގޮތުގައި ބޭނުންކުރުމާއި ބެހޭ ކެމްޕެއިންއެއްވެސް ފައްޓަވައިދެއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް