ސަރުކާރު އަދި ހިނގަނީ ރަނގަޅަށް: ޔާމީން
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން އަދި މިހާތަނަށް ހިނގަމުންދަނީ ރަނގަޅަށްކަމަށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސްގެ ނައިބު ރައީސް އަދި ވެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔާމީން ރަޝީދު ވިދާޅުވެއްޖެއެވެ.
މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ޔާމީން ވިދާޅުވީ ސަރުކާރާއި މެދު މުޒާހަރާކޮށް އިހުތިޖާޖުކުރަންވީ ސަބަބެއް ނެތްކަމަށާއި މި ސަރުކާރު މިހާތަނަށް ހިނގަމުންދަނީ ރަނގަަޅަށް ކަމަށެވެ. އެހެންކަމުން ސަރުކާރާއި ދެކޮޅަށްކުރާ އެއްވެސް މުޒާހަރާއެއްގައި އެމްޓީޑީން ބައިވެރިނުވާނެކަމަށް އެބޭފުޅާ ވިދާޅުވިއެވެ.
ޔާމީން ވަނީ ރައީސް އޮފީހުގެ ކުރިމަތީގައި އެމްޓީޑީން ކުރި މުޒާހަރާއަކީ ސަރުކާރާއި ދެކޮޅަށްކުރި މުޒާހަރާއެއް ނޫންކަމަށް ބުނެފައެވެ.
އަދި އެއީ ސަރުކާރުގެ ވުޒާރާއަކާއި އެ ވުޒާރާގެ ވެލެނިވެރިކަމުގެ ދަށުގައި އޮތް މުއައްސަސާއަކުން ވަމުންދާ އިހުމާލުތަކެއްގެ ސަބަބުން އެކަން އިސްލާހުކުރުމަށް ގޮވާލެވުނު ގޮވާލެވުމެއް ކަމަށް ފާހަގަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް