ރޯދަ މަހާއި ދިމާކޮށް ދިންހަމަލާގައި ސާދަ މަހުގެ ތުއްތު ސަބާ އިސްރާއީލުން ޝަހީދު ކޮށްލައިފި
އިއްޔެ އިސްރާއީލުން ފަލަސްތީނަށް ދޭން ފެށި ހަމަލާ ތަކުގައި ސާދަ މަހުގެ ތުއްތު ސަބާ ޝަހީދުކޮށްލައިިފިއެވެ.
މިޑިލްއީސްޓަން އައި ގެ ނޫސްވެރިއާ މުހައްމަދު ލިއުއްވާފައިވާ ގޮތުގައި ސަބާ ޝަހީދު ކޮށްލި ވަގުތު އެ ތުއްތު ދަރިފުޅު އިނީ ގޭގައި ކުޅޭށެވެ.
ކޮންމެ އަހަރަކު ރޯދަ މަހާއ ދިމާކޮށް އިސްރާއީލުން ފަލަސްތީނަށް ދޭ ހަމަލާ އިތުރު ކުރެއެވެ.
މާތް ރޯދަ މަހާއި ދިމާކޮށް ފަލަސްތީނު ރައްޔިތުން ޝަހީދު ކުރާ ކުރުން މިއީ ފަލަސްތީން ބިމުގައި ވަޒަންވެރި ވެގެން އުޅޭ ޔަހޫދީން އުފާ ފާޅުކުރާ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް