މޯލްޑިވިއަނުން ބަންގްލަދޭޝްއަށް ކުރާ ދަތުރުތައް އަލުން ފަށައިފި
މޯލްޑިވިއަނުން ބަންގްލަދޭޝްއަށް ކުރާ ދަތުރުތައް އަލުން ފަށައިފިއެވެ.
މޯލްޑިވިއަނުން ބަންގްލަދޭޝަށް ކުރަމުންއައި ދަތުރުތައް އެޤައުމުގައި ހިނގަމުންދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން ހާލަތު ގޯސްވުމުން މިމަހުގެ 6 ވަނަ ދުވަހު މެދުކަނޑާލުމަށްފަހު، މޯލްޑިވިއަނުން ބުނީ ބަންގްލަދޭޝްއަށް ކުރަމުންއައި ދަތުރުތައް ފަށައިގެން ކުރިއަށްދާކަމަށެވެ.
ބަންގްލަދޭޝްއަށް އަލުން ދަތުރުތައް ފެށި ނަމަވެސް މޯލްޑިވިއަނުން ވަނީ ފްލައިޓްގެ ޢަދަދު މަދުކޮށްފައެވެ.
އެގޮތުން، ކުރިން ހަފްތާއަކު 2 ދަތުރު މޯލްޑިވިއަނުން ބަންގްލަދޭޝަށް ކުރަމުންދިޔަނަމަވެސް މިހާރު ކުރަނީ ހަފްތާއަކު އެންމެ ދަތުރެއްކަމަށް މޯލްޑިވިއަނުން މައުލޫމަތުދެއެވެ.
ބަންގަލަދޭޝްގެ އިތުރުން އިންޑިއާގެ ޓްރިވެންޑްރަމާއި، ކޮޗިން އަދި ބެންގަލޫރަށްވެސް މޯލްޑިވިއަނުން ބައިނަލްއަގުވާމީ ދަތުރުތައް ކުރާކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް