ގއ.އަތޮޅު ތައުލީމީ މަރުކަޒު ވަގުތީގޮތުން ބަންދުކޮށްފި
ރޯގާއެއް ފެތުރޭތީ ގއ.އަތޮޅު ތައުލީމީ މަރުކަޒުގެ ކިޔެވުން ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.
އެ ރަށުގައި ރޯގާ ފެތުރެމުންދާތީ ތައުލީމީ މަރުކަޒު ބަންދުކޮށްފައިވަނީ ރަށު ކައުންސިލްގެ އެދުމުގެ މަތިންކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.
މި ރޯގާގެ ސަބަބުން އެރަށުގެ ހޮސްޕިޓަލަށް ބާރުބޮޑުވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.
އެގޮތުން މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލްގެ މެންބަރެއް ބުނީ ހޮސްޕިޓަލްގައި ކުޑަކުދިން، އަންހެނުން އަދި ބޮޑެތި މީހުންގެ ހުރިހާ ވޯޑެއް މިހާރު ފުރިފައިވާ ކަމަށެވެ.
އަދި ދުވާލަކު 13 ނުވަތަ 14 މީހުން ބަލިވެގެން ދައްކާކަމަށް ކައުންސިލް މެންބަރ ވަނީ ބުނެފައެވެ.
ގއ. ވިލިނގިލީގައި ހުންނަ ތައުލީމީ މަރުކަޒުގައި 700 ކުދިން ދަނީ ކިޔަވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް