ފުވައްމުލަކުން ދޫކުރާ ފްލެޓްތަކުގެ އަގުބޮޑުވެ ރައްޔިތުން މުޒާހަރާއަށް!
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފުވައްމުލަކު ސިޓީގައި އަޅާފައިވާ ފްލެޓްތަކުގެ އަގުބޮޑުވުމުގެ ސަބަބުން މުޒާހަރާކުރާނެކަމުގެ އިންޒާރު އެރަށުގެ ބައެއް ފަރާތްތަކުން ދީފިއެވެ.
އެ ފްލެޓްތައް ލިބުނު ބައެއްފަރާތްތަކާއި ހަވާލާދީ އައްޑޫލައިވް ނޫހުން ރިޕޯޓްކުރާ ގޮތުގައި މި މައްސަލައާއި ގުޅިގެން އެފަރާތްތަކުން މިއަދު ވަނީ މަޝްވަރާކުރުމުގެ މަގުސަދުގައި ފުވައްމުލަކު ސިޓީ ކައުންސިލާއި ބައްދަލުކޮށްފައެވެ.
މި ފަރާތްތަކުން ވަނީ އެ ފްލެޓްތަކުގެ އަގު ބޮޑުކަން ފާހަގަކޮށް، އެކަމަށް ހައްލެއް ނުލިބޭކަމުގައިވާނަަމަ މުޒާހަރާ ކުރަން ތައްޔާރަށް ހުރިކަމަށް ބުނެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ފްލެޓްތަކުގެ ޑައުންޕޭމަންޓްގެ ގޮތުގައި 20،000 ރުފިޔާ ދައްކަންޖެހެއެވެ. . އަދި މަހު ކުއްޔަށް ކޮންމެ މަހަކު 3،800ރުފިޔާ ދައްކަންޖެހޭކަމަށް އެފަރާތްތަކުން މައުލޫމާތުދެއެވެ.
މީގެ އިތުރުން އެތަން ބެލެހެއްޓުމަށް މެއިންޓެންސް ފީގެ ގޮތުގައި 800ރުފިޔާ ދައްކަން ޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް