ވާދަވެރި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިނުވާން އެދިއްޖެ
އެމްޑީޕީއާއި އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ހަރަކާތްތަކުގައި ބައިވެރިނުވުމަށް އެޕާޓީގެ މެންބަރުންގެ އަރިހުން އެދިއްޖެއެވެ.
އެޕާޓީން މިހެން އެދިފައިވަނީ މިއަދު އާންމުކުރި ބަޔާނެއްގައެވެ.
އެ ބަޔާނުގައި ބުނީ އެމްޑީޕީ އާއި ވާދަވެރި ސިޔާސީ ފަރާތްތަކުގެ ސިޔާސީ ހަރަކާތްތަކަށް ހިތްވަރު ލިބޭ ޝިޔާރުތައް އެމްޑީޕީގެ އެއްވެސް މަޖިލިސް މެމްބަރެއްވެސް، ކައުންސިލަރެއްވެސް، އެމްޑީޕީގެ އެއްވެސް ޤައުމީ މަޖިލިސް މެމްބަރަކުވެސް އަދި އާއްމު މެމްބަރަކުވެސް ބޭނުން ނުކުރުމަށް އެދޭކަމަށެވެ.
އަދި އިދިކޮޅު ހަރަކާތްތަކަށް ބާރުލިބޭ، ވާގިވެރިވުމުގެ ބަޔާން ނެރުމާއި، އިދިކޮޅު މުޒާހަރާގައި ބައިވެރިވުމަކީ އެމްޑީޕީގެ އަސާސީ ޤަވާއިދާއި، ދުރޫސުލް އަޚްލާޤުގެ ހަމަތަކުން ބޭރު ކަމެއް ކަމުގައި މެނުވީ ނުވާނެކަމަށް ވެސް ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް