މަޖިލީހަށް ހޮވުނަސް ސިޔާސީ ފިކުރު ބަދަލެއް ނުކުރާނަން- ސިއްދީގު
މަޖިލީހަށް ހޮވުނަސް ސިޔާސީ ފިކުރު ބަދަލު ނުކުރާނެ ކަމަށް މަޖިލީހުގެ ތުލުސްދޫ ދާއިރާއަށް ވާދަކުރައްވާ އަހުމަދު ސިއްދީގު ވިދާޅުވެއްޖެއެވެ.
ހުރާގައި ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވެފައިވަނީ މަޖިލީހަށް ހޮވުނަސް ގޮނޑި ނުވިއްކާނެ ކަމަށާއި، އަދި ސިޔާސީ ފިކުރުވެސް ބަދަލު ނުކުރާނެ ކަމަށެެވެ. އަދި އޭނާ ހުންނާނީ ރައީސް ޔާމީނާއި ޕީޕީއެމް އަދި ޕީއެންސީއާއެކުގައި ކަމަށް ސިއްދީގު ވަނީ ވިދާޅުވިއެވެ.
އޭނާ މަޖިލީހަށް ހޮވިއްޖެ ނަމަ ރައްޔިތުންނާއި ގާތުން މަސައްކަތް ކުރައްވާނެ ކަން ފާހަގަކުރައްވާ އޭނާ ވިދާޅުވެފައިވަނީ އޭނާ މަޖިލީހަށް ހޮވިއްޖެ ނަމަ ދާއިރާގެ ކޮންމެ ރަށަކުން، ރައްޔިތުން ބޭނުންވާ މީހަކު ނަގާ ކޮމެޓީއެއް ހަދާނެ ކަމަށެވެ. އަދިއެކޮމިޓީ މެދުވެރިކޮށް އެ ރައްޔިތުންނަށް ދިމާވެފައިވާ ދަތި ކަންތައްތައް އޭނާއާއި ހަމަޔަށް ފޯރުކޮށްދޭނެ ކަމަށްވެސް ސިއްދީގު ވަނީ ފާހަގަކުރައްވާފައެވެ.
އަދި ރައްޔިތުންގެ ލާބަޔާއި މަންފާއަށް މަޖިލީހަށް ބިލެއް ވައްދާފައިވާނަަމަ، އެއްބާރުލުން ދޭނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ސިއްދީގު ވިދާޅުވީ އޭނާ އަށް ދައުލަތުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ރައްޔިތުންނަށް ޖަމާކުރުމަށް ޚާއްސަ އެކައުންޓެއް ހުޅުވާނެ ކަމަށެވެ. އެއީ އާންމު ރައްޔިތުންގެ ފައިދާއަށް ޓަކައި ކަމަށާއި، އަދި އެއްވެސް އާއްމު ރައްޔިތަކު އޭނާއަށް ނުގުޅިގެން އެއްވެސް ކަމެއް ނުކުރެވި ހުރެވިގެން ނުވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އަދި ރައްޔިތުންނަށް ހުޅުވާ އެކައުންޓް ހިންގުމަށް ދާއިރާގެ ހަތަރު ރަށް ހިމެނޭ ގޮތަށް އެކައުންޓެއް ހުޅުވާނެ ކަމަށެވެ. އަދި އެ އެކަުންޓް އޮޕަރޭޓް ކުރުމަށް ހަތަރު ރަށުން ހަތަރު ރައްޔިތުން ތިބޭނެ ކަމަށާއި، އަދި އޭނާގެ ފަރާތުން މަންދޫބެއް ހުުންނާނެ ކަމަށްވެސް ސިއްދީގު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް